މާލެ: 31°C
މައްސަލަތައް ނިންމިކަމަށް ބަލައި، މަރުކޮމިޝަން އުވާލައިފި

މައްސަލަތައް ނިންމިކަމަށް ބަލައި، މަރުކޮމިޝަން އުވާލައިފި

June 2, 2024
3 ފަހަރު ބަލާފައި
މައްސަލަތައް ނިންމިކަމަށް ބަލައި، މަރުކޮމިޝަން އުވާލައިފި
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މިހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ. މަރުކޮމިޝަން އުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ސޮއިކުރައްވާފައިވާ ގަރާރުގައިވަނީ، ނޮވެމްބަރު 17، 2018ގައި އުފެއްދި މަރު ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމައިފައިވާތީވެ، ކޮމިޝަން އުވާލުމަށް ނިންމީކަމަށެވެ. މަރުކޮމިޝަން އުފައްދާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތެރޭގައެވެ. މަރު ކޮމިޝަން ވުޖޫދަށް އައިސްފައިވަނީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. މީގެ އިތުރުން އެ މައްސަލަތަކުގައި އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަލުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށްދިނުންވެސް ކޮމިޝަން އުފެއްދި މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މަރު ކޮމިޝަންއުފެދުނު ފަހުން އެންމެ އިސްކަމެއް ދީގެން ބެލި މައްސަލަތަކުގެ ތެރޭގައި، ޑރ. އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ