ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.
އިޒްރާއީލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިމިވަނީ، އިޒްރާއީލް ޕާސްޕޯޓް މަނާކުރުން ލަސްވުމުގެ މައްސަލާގައި ގިނަ އަދަދެއްގެ ރައްޔިތުން ގެންދަނީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންދަނިކޮށެވެ.
އިޒްރާއީލްގެ ޕާސްޕޯޓް މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
އިޒްރާއީލްގެ ޕާސްޕޯޓް މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ލިޔުން:
އިޒްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުން ނިންމަވައިފިއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އިޒްރާއީލް ޕާސްޕޯޓް އޮންނަ މީހުނަށް ނާދެވޭނޭހެން ޕާސްޕޯޓް މަނާކުރުމަށް ޤާނޫނަށް ބަދަލުގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ރާއްޖެއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިޒްރާއީލް ޕާސްޕޯޓް މަނާކުރުމަށް ރާއްޖޭގެ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.
އިހްސާން ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދެމުން އަންނަ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ މިކަމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރޭގައި ހިމެނެނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ހާރިޖީވަޒީރު، ބަންޑާރަ ނައިބު، އިޤްތިސާދީ ވަޒީރު، ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ އިތުރުން ދީނާ ބެހޭ ވަޒީރެވެ.
ރައީސް އޮފީހުން ބުނީ މި ކޮމިޓީ އެކުލަވާލުމުގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުންވެސް ހިމެނޭ ކަމަށެވެ.
ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.
އިޒްރާއީލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިމިވަނީ، އިޒްރާއީލް ޕާސްޕޯޓް މަނާކުރުން ލަސްވުމުގެ މައްސަލާގައި ގިނަ އަދަދެއްގެ ރައްޔިތުން ގެންދަނީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންދަނިކޮށެވެ.
ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.
އިޒްރާއީލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިމިވަނީ، އިޒްރާއީލް ޕާސްޕޯޓް މަނާކުރުން ލަސްވުމުގެ މައްސަލާގައި ގިނަ އަދަދެއްގެ ރައްޔިތުން ގެންދަނީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންދަނިކޮށެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
