
ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިއްޖެ
ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިއްޖެ
ލިޔުން:
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިއްޖެއެވެ.
ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދިނީ އެޖަމިއްޔާ 77 ވަނަ އަހަރީ ޖަލްސާގައި އެ ޖަމިއްޔާގެ މެންބަރުކަން ދިނުމަށް 101 ގައުމުން ތާއީދުކޮށްގެންނެވެ. މިކަމާ ދެކޮޅަށް 5 ގައުމަކުން ވޯޓު ދީފައިވާއިރު ވަކިކޮޅަކަށް ވޯޓު ނުދީ 21 ގައުމަކުން ތިއްބެވެ.
އެ ނިންމުމާއި ގުޅިގެން އެ އެސެމްބްލީގައި ބައިވެރިވެވަޑައިގަންވަމުން ގެންދަވާ ރާއްޖޭގެ ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، މި ތާރީީހީ ނިނިންމުމާއެކު، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ބަޖެޓް ލިބުމާއި ވޯޓުލުމުގެ ހައްގު ހިމެނެއެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފުރިހަމަ ލަފާފުޅާއެކު އިސްލާމީ ގައުމުތަކާއެކު ވާރލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭން ވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައި،". ހަލީލް ވިދާޅުވިއެވެ.
މި ނިންމުމަށް މަރުހަބާ ކިޔާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި ނިންމުމަކީ ވެސް ދުނިޔޭގެ ގައުމުތަކުން ފަލަސްތީނަށް ތާއީދުކުރާކަން އަންގައިދޭ ކަމެއް ކަމަށާއި މި ނިންމުމާ ގުޅިގެން ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެންބަރު ގައުމެއްގެ ގޮތުގައި ބަޔާން ދިނުމާއި، ހުށަހެޅުންތަކާއި އިސްލާހުތައް ހުށަހެޅުމާއި ކޯ ސްޕޮންސަރ ކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.
އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ކަނޑައެޅުމަށް އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދު ކުރާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
https://twitter.com/MoosaZameer/status/1797133784678367347?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1797133784678367347%7Ctwgr%5Ef444cb8f62b08bb68273e888af13d83292fd69dc%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F359603
މިނިސްޓަރުންގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދޭން 101 ގައުމުން ވޯޓު ދިނުމަކީ، ފަލަސްތީނު ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ގައުމުތަކުގެ ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށެވެ.
އަދި ފަލަސްތީނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުމަށް އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް އެމަނިކުފާނު ވެސް ވިދާޅުވިއެވެ.
ސްވިޓްޒަރލޭންޑުގެ ޖެނީވާގައި މިއަހަރު ކުރިއަށް ދިޔަ ޑަބްލިއުއެޗްއޯގެ އަަހަރީ ޖަލްސާގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
