މާލެ: 31°C
ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފަށައިފި

ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފަށައިފި

June 2, 2024
2 ފަހަރު ބަލާފައި
ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފަށައިފި
ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއު މިއަދު ފަށައިފިއެވެ. މި މަޝްރޫއު ފެށީ ކ. ހިންމަފުށީ ސްކޫލްގައެވެ. މިއަދު އެރަށު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއުއެވެ. މި މަޝްރޫއު ފެށިއިރު، މަޝްރޫއުގެ ފުރަތަމަ ފޭސްގެ ދަށުން އެރަށު ކައުންސިލުން ވަނީ އެރަށު ސްކޫލްގެ ހުރިހާ ކްލާސްރޫމަކާއި، ހޯލްގައި އޭސީ ހަރުކޮށްފައެވެ. އަދި މި މަޝްރޫއުގެ ފޭސް ދޭއްގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ހަރަދު ކުޑަވެގެންދާނެއެވެ. https://twitter.com/MoEdumv/status/1797122357947252983 އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. "ކޫލް ސްކޫލް" ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ބުނެފައިވެއެވެ. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ