
މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފި
މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފި
ލިޔުން:
ނިމިގެންދިޔަ 2023 އަހަރުގެ ފަހު ދެ ކުއާޓަރުގައި ދައުލަތަށް ޓެކްސްދައްކަންޖެހި ނުދައްކާ ކުންފުނިތަކުގެ ނަންތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފިއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާއްމުކުރި މި ލިސްޓްގައި 62 ކުންފުންޏެއް ހިމެނޭއިރު، މީގެ ތެރޭގައި ޖީއެސްޓީ،ޖީއާރުޓީ އަދި ވިތްހޯލްޑިން ޓެކްސް ނުދައްކާ ކުންފުނިތައް ހިމެނެއެވެ. މީރާގެ މި ލިސްޓަށް ބަލާއިރު، މިހާރުވެސް ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ އިތުރުން މަޝްހޫރު ކުންފުނިތައް ހިމެނެއެވެ.
މީގެ އިތުރުން ބައެއް ރިސޯޓްތައް ތަރައްޤީކުރަމުންދާ ކުންފުނިތަކުގެ އިތުރުން ދަތުރުފަތުރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައްވެސް ހިމެނެއެވެ. ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ނަންތައް މީރާއިން އާއްމުކުރަނީ ހަމަޖެހިފައިވާ ވަކި އުސޫލްތަކެއްގެ ތެރެއިންނެވެ.
ދައުލަތައް ދައްކަންޖެހި ނުދައްކާހުރި ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށް މީރާއިން ގެންދަނީ އެ އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅުތައް އަޅަމުންނެވެ. މީރާއިން ވަނީ މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހަޅައި ޓެކްސް ނުދައްކާވާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އެހެންނޫނީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ވައްދާނޭކަމަށްވެސް މީރާއިން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
