މާލެ: 31°C
ހިޔަލަ ވީކަންޑް މާކެޓްގެ ކިއޯސްކްތައް އަހަރަކަށް ދޫކުރަނީ

ހިޔަލަ ވީކަންޑް މާކެޓްގެ ކިއޯސްކްތައް އަހަރަކަށް ދޫކުރަނީ

June 1, 2024
2 ފަހަރު ބަލާފައި
ހިޔަލަ ވީކަންޑް މާކެޓްގެ ކިއޯސްކްތައް އަހަރަކަށް ދޫކުރަނީ
ހުޅުމާލެ ކޮންޓެނިއާ ޕާކްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ ހިޔަލަ ވީކަންޑް މާކެޓްގެ ކިއޯސްކުތައް އަހަރަކަށް ދޫކުރުމަށް އާއްމުކޮށް އިއުލާނުކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ބީސީސީން މިއަދު ބުނީ ކިއޮސްކުތައް ދޫކުރުމަށް ނިންމާފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ އަންހެން ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. ކިއޮސްކްތައް ކުއްޔަށްހިފާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އަންހެން ވިޔަފާރިވެރިއެއްގެ އިތުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ މިންގަނޑުތަކުގެ ތެރެއިން އެންމެ ކުދި ވިޔަފާރިއަކަށްވުންވެސް ހިމެނެއެވެ. ބީސީސީން ކިއޯސްކު ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކަށް 10،000 ރުފިޔާގެ ކުއްޔަކަށެވެ. ކޮންޓެއިނާ ޕާކްގައި ހިމެނެނީ ޖުމްލަ 10 ކިއޯސްކެވެ. ބީސީސީން ބުނީ ކިއޯސްކުތަކުގައި ވިއްކަން ޖެހޭނީ ދިވެހި އުފެއްދުންތައް ކަމަށާއި ކޮންމެ ކިއޯސްކަކަށްވެސް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތައް ފޯމް ހުށަހަޅާފައިވާނަމަ، ކިއޯސްކުތައް ކުއްޔަށް ހިފާފަރާތް ހޮވާނީ ގުރުއަތުގެ އުސޫލުން ކަމަށެވެ. ބީސީސީން ހުޅުމާލެ ކޮންޓެއިނާ ޕާކްގައި ހިޔަލަ ވީކަންޑް މާކެޓް ކުރިއަށްގެންގޮސްފައިވާއިރު، މާކެޓް ކުރިއަށްގެންދިޔަ ރޭތަކުގައި ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ