ފުލުހުން ބުނީ ލޯންޗު ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ލޯންޗު ދުއްވަން އިނީ އދ. މާމިގިލި ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނީ އދ. ދަންގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 8 ޖަހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ދަންގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އާންމުވެފައިވާ ވިޑިއޯއަކުން ފެންނަ ގޮތުގައި ބިދޭސީމީހާ މޫދަށް ފައިބާ އޮތީ ބާސްކޭޓެއްގައި ދުރަށް ފެންނަ ގޮތަށެވެ. އަދި މޫދުގައި ވަރަށް ގިނަ ލޭހުރިކަން އެ ވީޑިއޯއިން ފެނެއެވެ. މި މީހާއަށް އެހީތެރިވީ އެ ސަރަހައްދުން ދުއްވާފައިދިޔަ އެހެން ލޯންޗެއް ކަމަށާއި މި ނުރައްކާތެރި ހާދިސާގައި ބިދޭސީމީހާގެ ކަނދުރާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.






