މާލެ: 31°C
މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕް ސައުދީއަށް ފުރައިފި

މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕް ސައުދީއަށް ފުރައިފި

May 31, 2024
3 ފަހަރު ބަލާފައި
މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕް ސައުދީއަށް ފުރައިފި
މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްދާ ޙައްޖުވެރިންގެ ފުރަތަމަ ބެޗް މިއަދު ފުރައިފިއެވެ. ސައުދީ އެއާލައިންގެ ފްލައިޓެއްގައި ފުރަތަމަ ގްރޫޕް ފުރީ މިއަދު 15:52ގައެވެ. އެ ފްލައިޓަށް ޖިއްދާއަށް ދެވޭނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރުއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ. ޙައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ 31 ވަނަ ދުވަހާއި އަންނަ މަހުގެ 3 އަދި 7 ވަނަ ދުވަހުގެ މެންދުރު ފަހުގެ ފްލައިޓެވެ. މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ވެސް ދީފައިވަނީ ސަރުކާރުން ހިންގަމުން އަންނަ ޙައްޖު ކޯޕަރޭޝަނަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ