
މަޑިފުށީގައި ގާއިމް ކުރި ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކްގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށައިފި
މަޑިފުށީގައި ގާއިމް ކުރި ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކްގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށައިފި
ލިޔުން:
ތ. މަޑިފުށީގައި ފަންބޮނޑިން ގާއިމް ކުރި ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކްގެ މަސައްކަތް ނިމި އުރީދޫ ސުޕަރނެޓާއި އެކު ހިދުމަތް ދޭން ފަށައިފި އެވެ.
ފަންބޮނޑި ކުންފުނީގެ ސީއޯއޯ ފާތިމަތު އާސިޔާ މަޑިފުށީގައި ގާއިމް ކުރެވުނު ނެޓްވޯކް ބޭނުން ކުރާފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ އެކިއެކި ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށެވެ.
''މިހާރު ފަންބޮނޑި ނެޓްވޯކް ބޭނުން ކުރާ ފަރާތްތަކަށް އުރީދޫ ސްޕަރނެޓްގެ ހިދުމަތް ލިބިވަޑައިގަންނަވާނެ.'' އާސިޔާ ވިދާޅުވި އެވެ.
އާސިޔާ ވިދާޅުވީ އިންޓަރނެޓް އިތުރުން އެހެނިހެން މުއާސަލާތީ އިތުރު ހިދުމަތްތައް ނެޓްވޯކްގެ ތެރެއިން ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޓީވީ އާއި ޓެކްނޮލޮޖީގެ އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަންބޮނޑިން ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމް ކުރީ ވިލުފުށީގަ އެވެ.
ފައިބަރ އޯޕަން އެކްސަސް ނެޓްވޯކަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުންކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
