މާލެ: 31°C
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރަން ދެ ޑިރެކްޓަރުން ހޯދަނީ

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރަން ދެ ޑިރެކްޓަރުން ހޯދަނީ

May 30, 2024
2 ފަހަރު ބަލާފައި
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރަން ދެ ޑިރެކްޓަރުން ހޯދަނީ
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާނޭ ދެ ޑިރެކްޓަރަކު ހޯދުމަށް ހުޅުވާލައިފިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ޑިރެކްޓަރަކު ހޯދުމަށް އިއުލާންކޮށްފައިވަނީ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާ ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުގެ މުއްދަތު ހަމަވާތީއެވެ. ބީއެމްއެލުން ބުނީ ދެ ޑިރެކްޓަރެއްގެ މުއްދަތު ޖުލައިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާކަމަށާއި، ޑިރެކްޓަރުގެ މަގާމަށް އައުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީއެމްއެލުން ބުނީ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރުމަށ މިއަހަރުގެ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހު  ހުޅުވާލި ފުރުސަތުގައި 3 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އެ ތިން ބޭފުޅުން ބޯޑަށް އިންތިހާބުކުރި ނަމަވެސް، އެ ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ އެމްއެމްއޭގެ ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވަނެންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސްގައި ބަޔާންކުރާ އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ދައުރު އަންނަ ޖުލައިމަހުގެ 21 ވަނަ ދުވަހު ހަމަވާނޭކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ