މާލެ: 31°C
ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުން ކަރަންޓްދާ މައްސަލަ ބޮޑުވެއްޖެ

ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުން ކަރަންޓްދާ މައްސަލަ ބޮޑުވެއްޖެ

May 30, 2024
3 ފަހަރު ބަލާފައި
ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުން ކަރަންޓްދާ މައްސަލަ ބޮޑުވެއްޖެ
ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުން ކަރަންޓްދާ މައްސަލާގައި އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މިނިވަންއާ ވާހަކަދައްކަމުން އެޗް 14 ކޮމިޔުނިޓީގެ ބޭފުޅަކު ވިދާޅުވީ ޓަވަރު 14 ގެ އެޕާޓްމަންޓުތަކުގައި ކަރަންޓް މައްސަލަ ބޮޑުވެ، އެޗްޑީސީއަށް ޝަކުވާ ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށެވެ. މިހާތަނަށް އާއިރު، 100 އަށްވުރެ ގިނަ އެޕާޓްމަންޓުން ކަރަންޓް މައްސަލަ އުޅޭކަމަށް ނޯޓުކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން އެޗް 14 ކޮމިޔުނިޓީގެ ފަރާތުން މިހާރު ވާނީ ކަރަންޓް މައްސަލަ ހުރި އެޕާޓްމަންޓުތަކުގެ މައުލޫމާތު ދިނުމަށް އެދިފައި. މައްސަލަ އުޅޭ ފަރާތްތަކުގެ ލިސްޓް ހަދައި ނިމުނީމައި އަޅުގަނޑުމެން އެ ލިސްޓް އެޗްޑީސީގެ ކަމާއިބެހޭ ފަރާތްތަކާ ހިއްސާކުރާނަން" އެޗް 14 މިނިވަންއާ ވާހަކަދައްކަމުން ކޮމިޔުނިޓީގެ އޮފިޝަލަކު ވިދާޅުވިއެވެ. ކަރަންޓް މައްސަލަ ބޮޑުވެ އެޗް 14 ގެ ވައިބަރ ކޮމިޔުނިޓީ ގްރޫޕަށް ބައެއް ފަރާތްތަކުން ކޮށްފައިވާ މެސެޖްތަކަށް ބަލާއިރު، ކަރަންޓް މައްސަލަ ބޮޑުވެ، ޓީވީ އާއި އެނޫންވެސް ތަކެތި ހަލާކުވަމުންދާކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. މިގޮތުން ސޮކެޓްތަކުން ކަރަންޓް ދިއުމަކީ ވަރަށް އާއްމުކަމެއްކަމަށް ޓަވަރުތަކުގައި އުޅޭ ބައެއް މީހުން ވަނީ ބުނެފައެވެ. "ކަރަންޓްދާ މައްސަލަ ބޮޑުވެގެން އަޅުގަނޑު އެޗްޑީސީއަށް ގުޅީމަ އެތަނުން ބުނީ އެޕާޓުމަންޓް ތެރެއިން ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ހައްލުކުރަންޖެހޭނީ އަމިއްލައަށްކަމަށް." އެޗް 14 ގެ ވައިބާ ކޮމިޔުނިޓީއަށް މީހަކު ކުރި މެސެޖެއްގައި ބުނެފައި ވެއެވެ. ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުގައި ކަރަންޓް މައްސަލަތަކުގެ އިތުރުން، ފެން ލީކުވުމުގެ މައްސަލަވެސް ބޮޑުކަމަށް އެތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުން ބުނެއެވެ. މި މައްސަލަތައް އެޗްޑީސީގެ ސަމާލުކަމަށް ގެނައި ނަމަވެސް އެޗްޑީސީގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބޭކަމަށްވެސް ހިޔާގައި އުޅެމުންދާ ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ