
އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޕީއެސްއެމްގެ ދަރަނި 261.4 މިލިއަން ރުފިޔާއަށް އަރާ: ޒީނާ
އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޕީއެސްއެމްގެ ދަރަނި 261.4 މިލިއަން ރުފިޔާއަށް އަރާ: ޒީނާ
ލިޔުން:
އައު ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ދަރަނި 261.4 މިލިއަން ރުފިޔާއަށްވުރެ މަތިކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒީނާ ވިދާޅުވީ އައު ސަރުކާރު ވެރިކަމަށް އައިސް މެނޭޖްމަންޓް ބަދަލުވިއިރު، ކޯޓުތަކަށް ނުވައްދާ ހުރި މައްސަލަތައް ނުހިމަނައިވެސް، ޕީއެސްއެމްގެ ދަރިނި 261 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށެވެ. ޒީނާ ވިދާޅުވީ، ޕީއެސްއެމްގެ ހިންގުމާ ހަވާލުވުމަށްފަހު އެންމެ ފާހަގަވި އެއްކމަކީ ތަނުގެ ދަރަނި އޮތް މިންވަރު ކަމަށާއި، ޕީއެސްއެމްގެ ދަރަނިތައް މެނޭޖްކުރުމުގެ މަސައްކަތް ފަށައި ދަރަނިތައް އިތުރުނުވާނޭހެން ކަންކަން މެނޭޖްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މިގޮތުން ބޭނުންނުކުރާ ފްރިކުއެންސީތަކާއި ލައިސަންސްތައް ބަތިލްކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާކަންވެސް ޒީނާ ފާހަގަކުރިއެވެ. މިގޮތުން ޕީއެސްއެމްގެ ދަރަނީގެ ހާލަތު ހުރިގޮތުން ހޭދަކުރެވެން އަންނަނީ ކޮންމެހެން ބޭނުންވާ ކަންކަމަށް ކަމަށާއި، ޕީއެސްއެމްގެ ކުޑައިގެ ދަށުގައި ބޭނުމެއްނެތް ޗެނަލްތައް ބޭއްވުމުގެ މާނައެއްނެތްކަން ޒީނާ ފާހަގަކުރެއްވިއެވެ.
ޕީއެސްއެމްގެ އާމްދަނީ އިތުރުކުރުމަށް މުހިއްމު ކަންތައްތަކެއް ކުރުމަށް ނިންމާފައިވާކަމަށާއި، މިގޮތުން ކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ރޭޑިއޯ ބިލްޑިން ހުރިތަނުގައި އެޅުމަށް ނިންމާފައިވާ ޕީއެސްއެމްގެ އައު އިމާރާތުގެ މަސައްކަތްކަން ޒީނާ ވިދާޅުވިއެވެ. ޕީއެސްއެމް އިމާރާތް އެޅުމަށް އެތަން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއަހަރު ނިމުމުގެ ކުރިން އެކަންކޮށް ނިމޭނޭކަމަށްވެސް ޒީނާ ވިދާޅުވިއެވެ.
ޒީނާ ވިދާޅުވީ ޕީއެސްއެމްގެ ހަރަދުތައް އަދިވެސް ހުރީ ލިބޭ އާމްދަނީ އާ ނުބައްދަލު މިންވަރަކަށް ކަމަށާއި، ހަމައެކަނި ކަރަންޓް ބިލަށް އެކަނިވެސް މަހެއްގެ މައްޗަށް 1.8 ނުވަތަ 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާކަމަށެވެ. ޕީއެސްއެމަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އުޅެނީ 1.5 މިލިއަން ރުފިޔާގައެވެ.
ޕީއެސްއެމްގެ ދަރަނި 261 މިލިއަން ރުފިޔާއަށްވުރެ މަތީގައި އުޅޭއިރު، ޕީއެސްއެމުން އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ އެއްތަނަކީ ސްޓެލްކޯއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެސްއެމްގެ ކަރަންޓް ބިލްތަކުން މިހާރުވެސް ސްޓެލްކޯއަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
