މާލެ: 31°C
މެކްސިކޯގެ ރައްޔިތުން އިޒްރާއީލާ ދެކޮޅަށް ނިކުމެ، ނުލަފާކަން ދައްކާލައިފި

މެކްސިކޯގެ ރައްޔިތުން އިޒްރާއީލާ ދެކޮޅަށް ނިކުމެ، ނުލަފާކަން ދައްކާލައިފި

May 29, 2024
2 ފަހަރު ބަލާފައި
މެކްސިކޯގެ ރައްޔިތުން އިޒްރާއީލާ ދެކޮޅަށް ނިކުމެ، ނުލަފާކަން ދައްކާލައިފި
އިޒްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް މެކްސިކޯގެ ރައްޔިތުން ނިކުމެ، އެޤައުމުގައި ހުރި އިޒްރާއީލް އެމްބަސީގައި ހުޅުޖަހަން ފަސްނުޖެހޭނޭކަން އަންގައިދީފިއެވެ. ޔަހޫދީ ސިފައިން ރަފާހްގައި އާއްމު ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންގެންދާ ހަނގުރާމައިގެ ލާއިންސާނީ އަމަލުތަކާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން މެކްސިކޯ ސިޓީގައި ޒުވާނުންތަކެއް އިސްނަގައިގެން ވަނީ އިޒްރާއީލާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ފަށާފައެވެ. މެކްސިކޯ ސިޓީގައި ފެށި މި މުޒާހަރާގައި ބައިވެރިން ރުޅިގަދަވެ، އެންމެފަހުން ވަނީ އިޒްރާއީލްގެ އެމްބަސީ ކައިރިއަށް ނިކުމެ އިޒްރާއީލު ސިފައިން ރަފާހްގައި ހިންގަމުންގެންދާ ޖަރީމާތައް ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރާކަން އަންގައިދީފައެވެ. މިގޮތުން މުޒާހަރާގެ ބައިވެރިން ވަނީ މެކްސިކޯ ސިޓީގައި ހުންނަ އިޒްރާއީލުގެ އެމްބަސީ ކައިރިއަށް އަލިފާން ބޯޅައާއި އެނޫންވެސް އެފަދަ ތަކެތިން ހަމަލާދިނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެމްބަސީގައި ހުޅުޖެހުމުގެ ކުރިން މެކްސިކޯ ސިޓީގެ ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލްކުރަން މަސައްކަތްކޮށް އެންމެފަހުން ކަރުނަގޭސްވެސް ބޭނުންކޮށްފައެވެ. މި މުޒާހަރާގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އިޒްރާއީލަކީ ނާޒީންނަށްވުރެ އަނިޔާވެރިބައެއްކަމަށް ސިފަކޮށްފައެވެ. Demonstrators clash with the police during a pro-Palestinian rally called "Urgent action for Rafah" މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ އިޒްރާއީލު ސިފައިން ރަފާހްގައި ކުރިއަށްގެންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން އިޒްރާއީލް ގާތިލެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ބެނާތަކުގައި ވަނީ މުޒާހަރާގެ ބައިވެރިންތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ބުނެފައެވެ. އިޒްރާއީލް ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތައް ބައިނަލްއަޤްވާމީ އެކި ޤައުމުތަކުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމުންދާއިރު، އެންމެފަހުން ނޯވޭ، އަޔަލޭންޑުގެ އިތުރުން ސްޕެއިން ސަރުކާރުންވެސް ވަނީ ފަލަސްތީނާއެކު ތިބިކަން ހާމަކޮށްފައެވެ. ރަފާހުގައި އިޒްރާއީލުން ފަށައިގެން އުޅޭ ހަނގުރާމައިގެ ސަބަބުން އެ އަވަށުން ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެފައިވާއިރު، މިހާތަނަށް އެ އަވަށް ދޫކޮށްދިޔަ މީހުންގެ އަދަދު 200،000 އަށް އަރާނޭކަމަށް ބައިނަލްއަޤްވާމީ ނިއުސްއޭޖެންސީތަކުން ބުނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ