މާލެ: 31°C
ސިޑްސްގައި ރާއްޖެއިން އަދާކުރާ ދައުރަށް އިނގިރޭސިވިލާތުން ތައުރީފްކޮށްފި

ސިޑްސްގައި ރާއްޖެއިން އަދާކުރާ ދައުރަށް އިނގިރޭސިވިލާތުން ތައުރީފްކޮށްފި

May 29, 2024
3 ފަހަރު ބަލާފައި
ސިޑްސްގައި ރާއްޖެއިން އަދާކުރާ ދައުރަށް އިނގިރޭސިވިލާތުން ތައުރީފްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ރައިޓް އޮނަރަބްލް ލޯރޑް ރިޗަޑް ބެންޔޯންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ. ދެ ގައުމުގެ ދެމެދު އޮތް ގުޅުމާއި ބައިނަލްއަގްވާމީ ގުޅުންތަކުގެ މައްޗަށް، ހާއްސަކޮށް ސިޑްސްއާއި ގުޅުންހުރި މައްސަލަތަކުގެ މަޝްވަރާތައް ރައީސްއާއި މިނިސްޓަރ އޮފް ސްޓޭޓްގެ މި ބައްދަލުކުރެއްވުމުގައި ކުރިއަށް ގެންދަވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ އޮފް ސްޓޭޓް ލޯރޑް ބެންޔޯން ވަނީ ދިވެހިރާއްޖެއިން ސިޑްސްއަށް ވަކާލާތު ކުރުމުގައި އިސްނަގައިގެން ކުރާ މަސައްކަތަށާއި ދިވެހިރާއްޖޭގެ ތަރައްގީއާއި ތަނަވަސްކަމަށް ރައީސް ގެންގުޅުއްވާ ވަރުގަދަ ތަސައްވުރަށް ތައުރީފުކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ