މާލެ: 31°C
ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން ދެ ނަމާދެއްގައި ގުނޫތު ކިޔަނީ

ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން ދެ ނަމާދެއްގައި ގުނޫތު ކިޔަނީ

May 29, 2024
3 ފަހަރު ބަލާފައި
ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން ދެ ނަމާދެއްގައި ގުނޫތު ކިޔަނީ
ފަލަސްތީނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން ދެ ނަމާދެއްގައި ގުނޫތު ކިޔަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން މަޣްރިބް ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ. "މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހްލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު" ޝަހީމް ވިދާޅުވިއެވެ. https://twitter.com/Mohamedshaheem1/status/1795658702277812583 ސަރުކާރުން މިގޮތަށް ނިންމާފައިމިވަނީ ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީއަށް އިޒްރޭލުން ނުރައްކާތެރި ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އިޒްރޭލުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންއަންނަ ހަމަލާގައި ރަފާހްއަށް ބޮން އަޅަން ފެށީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ. ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ރަފަހްގައި ރެފިއުޖީން ތިބޭ ޓެންޓުތަކަށް ވެސް ވައިގެ ހަމަލާތައް އަމާޒުކޮށްފައެވެ. އެ ހަމަލާތަކުގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 35،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ