މާލެ: 31°C
ސުނީތާގެ އުފަންދުވަހާ ދިމާކޮށް އޭނާގެ ފިހާރަ ފަޅާލައިފި

ސުނީތާގެ އުފަންދުވަހާ ދިމާކޮށް އޭނާގެ ފިހާރަ ފަޅާލައިފި

May 29, 2024
3 ފަހަރު ބަލާފައި
ސުނީތާގެ އުފަންދުވަހާ ދިމާކޮށް އޭނާގެ ފިހާރަ ފަޅާލައިފި
ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ނެށުންތެރިޔާ، ސުނީތާ އަލީގެ ފިހާރަ "ސުނީ ސްޕެޝަން" އިއްޔެގެ ވަގުތެއްގައި ފަޅާލައި، އެ ފިހާރައިން ވައްކަންކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ސުނީތާގެ ފޭސްބުކް އެކައުންޓުގައި ބުނެފައިވަނީ އުފަންދުވަހުގެ ހަދިޔާއަކަށް މި ލިބުނީ ރަނގަޅު ހަދިޔާއެއް ކަމަށެވެ. ސުނީ ހިއްސާކޮށްފައި ހުރި ފޮޓޯތަކަށް ބަލާއިރު، ސުނީގެ ފިހާރައަށް ވައްކަންކުރަން ވަދެފައިވަނީ ދޮރުގެ ތަޅާއިދިމާ މަތާލައިގެންނެވެ. ވަގުން ވަނީ ފިހާރައިގެ ކޭޝްޑްރޯވަރު ބިއްމައްޗަށް އެއްލާލާފައިވާއިރު، އޭގައި ހުރި ވަކިލާރިތައްވެސް ހުރީ ބިއްމަތީގައެވެ. މިކަމާއި ގުޅޭގޮތުން ސުނީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނު ނުނަގާތީވެ އަދި ވަނީ އިތުރު މައުލޫމާތު ލިބޭގޮތް ނުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ސުނީ ބުނެފައިވަނީ، މއ.ރޮކްބީޗުގައި ހުންނަ ފިހާރައަށް ވަގުން ވަދެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އިއްޔެ ފިހާރަ ނުހުޅުވާތީވެ، ވަގުން ވަދެފައިވަނީ ކޮން އިރަކުކަމެއް ނޭނގޭކަމަށްވެސް ސުނީ ބުންޏެވެ. ވަގުން ވަދެ، ފިހާރައިން ތޮޔޮފުޅިތަކެއް ގެންގޮސްފައިވާއިރު، ކޭޝްޑްރޯވަރުގައި ހުރި ނޫޓުތައްވެސް ނެތްކަމަށް ސުނީ ބުންޏެވެ. ސުނީ ވަނީ މި މައްސަލަ ޕޮލިހަށް ހުށަހަޅާފައެވެ. އަދި ފުލުހުންގެ ފޮރިންސިކް ޓީމުން ވަނީ ފިހާރައަށް ގޮސް ތަހުގީގު ކުރުމަށް ބޭނުންވާ ހެކިތައް ނަގައިގެން ގޮސްފައެވެ. ސުނީގެ ފިހާރަ ފަޅާލުމާއި ގުޅިގެން އޭނާގެ ފޭނުން އަންނަނީ އެކަން ވަރަށްބޮޑަށް ކުއްވެރިކުރަމުންނެވެ. [caption id="attachment_103047" align="alignnone" width="662"] ސުނީތާގެ ފިހާރަ..[/caption] ސުނީތާގެ ފިހާރައަކީ އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ހުޅުވި ފިހާރައެކެވެ. ފިހާރައިގައި މައިގަނޑު ގޮތެއްގައި ވިއްކަން ހުންނަނީ ދިވެހި އަމިއްލަ ކާބޯތަކެތީގެ އުފެއްދުންތަކެވެ. މީގެ ތެރެއިން ގިނަ އެއްޗިއްސަކީ ސުނީ ހިއްސާވެގެން އުފައްދާފައިވާ އުފެއްދުންތަކެވެ. މީގެ ތެރޭގައި ސީދާ ސުނީގެ އަމިއްލަ އަތުން ތައްޔާރުކުރާ ކާބޯތަކެތީގެ ބާވަތްތައް ހިމެނެއެވެ. ސުނީތާ އަލީ ނެށުމުގެ ދާއިރާގައި މެދުކެނޑުމެއްނެތި އެންމެގިނަދުވަހު ދެގޮތެއްނުވެ، ހިފަހައްޓާލެވުނު ހަމައެކަނި ދިވެހި ފަންނާނެވެ. މީގެ އިތުރުން އޭނާ އަކީ މަޝްހޫރު އެކްޓަރު ޕްރިޔަންކާ ޗޯޕްޅާގެ އެންމެބޮޑު އެއް ފޭން އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ