
ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް ހޯދުމަށް، ބީސީސީން އައިއޯރާ ބިޒްނަސް ކޮންކްލޭވް 2024ގައި ބައިވެރިވެއްޖެ
ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް ހޯދުމަށް، ބީސީސީން އައިއޯރާ ބިޒްނަސް ކޮންކްލޭވް 2024ގައި ބައިވެރިވެއްޖެ
ލިޔުން:
ދިވެހި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގައި ހުރި ފުރުޞަތުތައް ދެނެގަތުމަށްޓަކައި ބީސީސީން އައިއޯރާ ބިޒްނަސް ކޮންކްލޭވް 2024ގައި ބައިވެރިވެއްޖެއެވެ.
އެކި ޤައުމުތަކުގެ މުވައްސަސާތަކާއި، އިންވެސްޓަރުންގެ އިތުރުން ވިޔަފާރި ކުންފުނިތައް އެއްތަންވެ، ތަޢާރަފް ވުމަށާއި ވިޔަފާރިއާ ގުޅުންހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް މަގު ތަނަވަސްކުރުމުގެ ގޮތުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނުން ބާއްވާ މި ކޮންކްލޭވުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޗަން (ބީސީސީ)ގެ އެންމެ އިސްވެރިން ދަނީ ބައިވެރިވަމުންނެވެ. 28 މެއި 2024 އިން 29 މެއި 2024ހަށް ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި ކުރިއަށްދާ މި ކޮންކްލޭވުގައި އެ އެސޯސިއޭޝަނުގައި ހިމެނޭ 23 މެންބަރު ޤައުމަކުންނާއި 12 ޑައިލޮގް ޕަރޓްނަރުން ބައިވެރިވެއެވެ.
މި ބިޒްނަސް ކޮންކްލޭވުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ އިންވެސްޓަރުންނާއި ބައްދަލުކޮށް ދިވެހި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ކުރެވިދާނެ އިންވެސްޓްމަންޓުތައް ދެނެގަނެ އެފަދަ ފުރުޞަތުތައް ފަހި ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ބިސީސީން ދަނީ މަޝްވަރާ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
