މަޖިލީހުގެ އަމާޡަކަށްވާނީ ރައްޔިތުންނަށް ރައީސް ޑރ.މުއިއްޒު ކޮށްދެއްވަން ބޭނުންފުޅުވާ ކަންތައްތައް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ދިނުންއަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ މެނިފެންޓޯގައި ކުރުމަށް އެކަށައަޅާފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ ތެރެއިން އެމަނިކުފާނަށް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް މަޖިލީހުގެ ތެރެއިްނ އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން އަދުރޭ ދެއްވިއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މެނިފެސްޓޯގައިވާ ކަންކަން ކުރުމަށް ގިނަ އަދަދެއްގެ ޤާނޫނުތައް މުރާޖައާކޮށް އައު ޤާނޫނުތައް ހައްދަވަން ޖެހޭކަމަށެވެ. https://minivan.mv/100077/ މިގޮތުން މެނިފެސްޓޯގައިވާ ކަންކަން ކުރުމަށް 200 އަށްވުރެ ގިނަ ޤާނޫނު ފާސްކުރުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެކިފަހަރުމަތިން ވިދާޅުވެފައެވެ.

20 ވަނަ ރައްޔިތުން މަޖިލީސް ވެގެންދާނީ ނަމޫނާ މަޖިލީހަކަށް: އަދުރޭ
20 ވަނަ ރައްޔިތުން މަޖިލީސް ވެގެންދާނީ ނަމޫނާ މަޖިލީހަކަށް: އަދުރޭ
ލިޔުން:
މިފަހަރުގެ ރައްޔިތުންގެ މަޖިލީސް ވެގެންދާނީ ހުރިހާގޮތަކުންވެސް ނަމޫނާ މަޖިލީހަކަށްކަމަށް 20 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އިންތިހާބުކުރި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ރައީސްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީއެންސީގެ މެމްބަރުންގެ އަމާޒަކަށް ވާނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ކަންކަން ކުރުމަށް މަޖިލީހުގެ ތެރެއިްނ ދޭންޖެހޭ އެއްބާރުލުން ދިނުން ކަމަށެވެ.
ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެކަން ނަހަމަ ގޮތުގައި ބޭނުންކުރާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މަޖިލީހުގެ އަދުރޭ ވިދާޅުވީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުންގެ އެހާބޮޑު ތާއީދެއް ދިނީ އެކަން އެމަގުން ނުކުރާނޭކަމުގެ ޔަގީންކަން ރައްޔިތުންގެ އޮތުމުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
