މާލެ: 31°C
ވިއްސާރާގައި ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި

ވިއްސާރާގައި ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި

May 28, 2024
3 ފަހަރު ބަލާފައި
ވިއްސާރާގައި ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށީ ސިޓީ، ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށިީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ އެ ސިޓީގެ "ޖަވާހިރުމާގޭ" ގެ ފުރާޅު ކަމަށެވެ. އެ ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމާއި ފުރާޅު ހަރުކުރުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ