މާލެ: 31°C
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންގެންދިޔަ ގައިދީއަކު މަރުވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންގެންދިޔަ ގައިދީއަކު މަރުވެއްޖެ

May 27, 2024
3 ފަހަރު ބަލާފައި
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންގެންދިޔަ ގައިދީއަކު މަރުވެއްޖެ
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ގައިދީއަކު މިއަދު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވެފައިވަނީ، ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް ޢަލި މަނިކު (83 އަހަރު) ކަމަށެވެ. އާދަމް މަރުވިކަން އެނގިފައިވަނީ، އޭނާ ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ޤައިދީންގެ ފަރާތުންނެވެ. މިގޮތުން ޑިއުޓީ އޮފިސަރުންނަށް އެކަން އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާތީ، އޭނާ ވަނީ 12:00 ހާއިރު އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވިކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު ގައިވެއެވެ .އާދަމް ޢަލި މަނިކަކީ، ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ. އާދަމް ޢަލި މަނިކު ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ