މާލެ: 31°C
ފެންވަރު ރަނގަޅު މުދައްރިސުން ނެތުމަކީ އެންމެ ބޮޑު ގޮންޖެހުން: އެޑިއުކޭޝަން މިނިސްޓަރު

ފެންވަރު ރަނގަޅު މުދައްރިސުން ނެތުމަކީ އެންމެ ބޮޑު ގޮންޖެހުން: އެޑިއުކޭޝަން މިނިސްޓަރު

May 26, 2024
2 ފަހަރު ބަލާފައި
ފެންވަރު ރަނގަޅު މުދައްރިސުން ނެތުމަކީ އެންމެ ބޮޑު ގޮންޖެހުން: އެޑިއުކޭޝަން މިނިސްޓަރު
ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމުގެ މައްސަލަ ކަމަށް އެޑިއުކޭޝަން މިނިސްޓަ އިސްމާއިލް ޝަފީއު (ފޮޓޯ) ވިދާޅުވިއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަ ޝަފީއު ދެއްވި ހިތާބުގައި ވިދާޅުވީ ދިރާސީ އައު އަހަރާއި ބައްދަލުކުރާއިރު ދިވެހިރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި އިސްތިރާޖީ ހެޔޮބަދަލުތަކެއް ގެނައުމުގެ އުންމީދީ ގިނަގުނަ މަސައްކަތް ރާވައި އޭގެތެރެއިން ބައެއް ކަންކަން މިހާރު ތަންފީޒު ކުރައްވަން ފައްޓަވައިފައިވާ ކަމަށެވެ. އަދި ދެން އިތުރަށް ތަންފީޒު ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހި ދަރީން ބިނާކުރުމުގެ އާ ވިސްނުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ މަތިވެރި މަގުސަދުގައި ތައުލީމީ މަންހަޖުގެ ތެރެއިން ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އަގުވަޒަން ކުރާ ގައުމީ ބަހާތަކަށް އިސްކަންދޭ ފަރުދީ އަދި ވަތަނީ ޒިންމާތައް އަދާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރާއި ސިފަތައް ހުރި ދަރިވަރުން ބިނާކުރުމުގެ މަސައްކަތަށް އިތުރު ސަމާލުކަމެއްދީ ގައުމުދެކެ ލޯބިވާ ފަރުދުންތަކެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ. އުނގެނުމާއި އުގަންނައިދިނުން އެންމެ އެދެވޭ ގޮތެއްގައިކުރިއަށް ގެންދެވޭނީ ސްކޫލްތަކަކީ އުނގެނުމަށްފަހި އުފާވެރި ވެއްޓަކަށް ވެގެންކަމަށް ޝަފީއު ވިދާޅުވިއެވެ. ދަރިވަރުންގެ އުނގެނުމަށާއި އުންގަންނައި ދިނުމަށް ހުރި ހުރަސްތައް ނައްތާލައި، އިފާވެރި ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފެނަވރު ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމެއްގެ މުދައްރިސުން ދާއިރާގެ ހިދުމަތުގައި ތިބެގެން ކަމަށް ޝަފީއު ވިދާޅުވިއެވެ. ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި ނެތުމަކީ ތައުލީމީ ނިޒާމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވާއިރު މި މައްސަލަ ހައްލު ކުރުމަށް ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮ ކަމަށްޓަކައި މުދައްރިސުން ސްކުލުގައި ހޭދަކުރާ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރަށް ރާއްޖެގެ ސްކޫލުތަކުގެ ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި ހިނގާ ދިރާސީ އަހަރުގެ ތެރޭގައި ހިންގާނެ ޝަފީއު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ