
ތުލުސްދޫގައި އެއުޅެނީ ކުއްތާއެއް! މައްސަލަ ހޫނުވެއްޖެ!
ތުލުސްދޫގައި އެއުޅެނީ ކުއްތާއެއް! މައްސަލަ ހޫނުވެއްޖެ!
ލިޔުން:
ރާއްޖެއިން ބޭރުން އައި ޔޮޓެއްގައި ރާއްޖެ އެތެރެކުރި ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ, ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއް ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ސާފެއް ނޫނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ތުލުސްދޫ ބަނދަރަށް ފައިބާ ފަތުރުވެރިއަކު ކުއްތާއެއް ހިފައިގެން ހުރެ އޭތި ރަށު ތެރެއަށް ދޫކޮށްލަ އެވެ. އެވަގުތު ރަށު މީހުން ވެސް އެތަނުގައި ތިއްބެވެ.
މީގެ ކުރިން ވެސް ހުއްދަ ހޯދައިގެން ޔޮޓުތަކުގައި ކުއްތާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ބޭލުމަކީ މަނާ ކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
