މާލެ: 31°C
ކަރަންޓުގައި ޖެހުނު ޒުވާނާ ވެންޓިލޭޓަރުގައި

ކަރަންޓުގައި ޖެހުނު ޒުވާނާ ވެންޓިލޭޓަރުގައި

May 25, 2024
2 ފަހަރު ބަލާފައި
ކަރަންޓުގައި ޖެހުނު ޒުވާނާ ވެންޓިލޭޓަރުގައި
ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ ތިން ކުދިންގެ ތެރެއިން އެކުގެ ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފިއެވެ. މި ހާދިސާ ހިންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އުނގޫފާރުގެ މަގުބައްތި ހޮޅިދަނޑިއަކުން ކަރަންޓުގައި ޖެހިގެންނެވެ. އަނިޔާވި ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލާފައިވާއިރު، މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 18 އަހަރުގެ ޒުވާނަކަށެވެ. ވެންޓިލޭޓަރުގައި ފަރުވާހޯދަމުން އަންނަ ޒުވާނާއަކީ ކަރަންޓްގައި ޖެހުނު އަނެއް ދެ ކުދިން ސަލާމަތްކުރި ކުއްޖާއެވެ. ކަރަންޓްގައި ޖެހުނު އަނެއް ދެ ކުދިންނަކީ 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި ހާލު ސީރިއަސް ޒުވާނާއަކީ އޯޓިސްޓިކް ކުއްޖެކެވެ. މި ހާދިސާ ހިނގާފައިވަނީ ވާރޭވެހުމުގެ ސަބަބުން އުނގޫފާރު ޕާކް ކައިރި މަގުގައި ހެދިފައި ހުރި ފެންގަނޑެއްގެ ތެރެއަށް 8 އަހަރުގެ ކުއްޖާ ކުޅެން އެރި އުޅުމުގެ ތެރޭގައެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކުއްޖާއަށް ކަރަންޓު ޖެހުނީއެވެ. އަދި އެކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ