
ށަވިޔަނީގެ ބަސްތަކެއް އުފައްދަން އުޅޭކަމަށް ބުނެ ދެކެވުނު ވާހަކަ ދޮގުކޮށްފި
ށަވިޔަނީގެ ބަސްތަކެއް އުފައްދަން އުޅޭކަމަށް ބުނެ ދެކެވުނު ވާހަކަ ދޮގުކޮށްފި
ލިޔުން:
ށަވިޔަނިން ފެށޭ ބަސްތަކެއް އުފައްދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކެވުނު ވާހަކަ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރުު ދޮގު ކުރައްވައިފިއެވެ.
މިނިސްޓަރ އެކަން ދޮގު ކުރައްވާފައިވަނީ ށަވިޔަނިން ފެށޭ ފަސް ލަފުޒެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ނޫހަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.
މިއީ ތެދުނޫން މައުލޫމާތެއް ނަމަވެސް ގިނަ ބަޔަކު އެކަން ގަބޫލުކޮށް، މީސްމީޑިއާގައި އެ ހަބަރު ދައުރު ކުރަމުންދިއުމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ އެ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި އެފަދަ ވާހަކައެއް ވިދާޅުނުވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ށަވިޔަނި އަކުރުން ފެށޭ ނަންތަކެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަަމެއް ނޫން ކަމަށާއި ސަބަބަކީ ށަވިޔަނީގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށްވާތީ ކަމަށެވެ.
"އެއީ ގުދުރަތީ ކަމެއްް. ވީމާ ށަވިޔަނިން ލަފުޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އަދި ތަރުހީބު ދެވޭ ކަމެއް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
