މާލެ: 31°C
މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން: ހުތުބާ

މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން: ހުތުބާ

May 24, 2024
3 ފަހަރު ބަލާފައި
މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން: ހުތުބާ
މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން ކަމަށާއި، އެ މަރުހަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން ކައިރިވެފައިވާއިރު، މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އުނގެނުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. ހުތުބާގައި ބުނީ އިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ އެކަލާނގެ އެންގެވިގޮތަށް އަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިހުތިރާމްކޮށް އިލްމު ހޯދުމަށް ގަދައަޅައި މަސައްކަތްކޮށްގެންކަން ދަންނަން ޖެހޭނެ ކަމަށެވެ. މިގޮތުން މަދުރަސީ މަރުހަލާއަކީ އެ މަރުހަލާއެއް ނިމި ފާއިތުވެއްޖެ ނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއް ނޫންކަންވެސް ދަންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މަރުހަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ. ހުކުރު ހުތުބާގައި ބުނީ، އުނގެނުމާއި އިލްމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ހުތުބާގައި ބުނީ، އިލްމަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި، އިލްމުގެ ތެރޭގައި ދުނިޔެ އާރާސްތުކުރުމަށް ބޭނުންވާ އިލްމާއި އާހިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ އިލްމު ހިމެނޭ ކަމަށެވެ. އިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި އިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ އިލްމު ކަމަށާއި، އިލްމުގެ އަހުލުވެރިންގެ ދަރަޖަ މާތް ﷲ މަތިވެރިކުރައްވާފައެވެ. އިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުން ވާރުތަކުރެއްވީ އިލްމެވެ. ދުނިޔަވީ އެއްވެސް މައްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވެއެވެ. މިއަދުގެ ހުކުރު ހުތުބާގައި ވަނީ ދަރިވަރުން ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ތައުލީމް ހާސިލްކުރުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ