މާލެ: 31°C
ވަޖުދީ އާއެކު ސަސްޕެންޑްކުރި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ފަހަކަށް

ވަޖުދީ އާއެކު ސަސްޕެންޑްކުރި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ފަހަކަށް

May 23, 2024
3 ފަހަރު ބަލާފައި
ވަޖުދީ އާއެކު ސަސްޕެންޑްކުރި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ފަހަކަށް
ލޭންގުއެޖް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުން ސަސްޕެންޑް ކުރުމުން، މިހާތަނަށް އެކި މައްސަލަތަކުގައި ސަސްޕެންޑް ކުރި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ފަހަކަށް އަރަފިއެވެ. ވަޖުދީ ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. ވަޖުދީ ސަސްޕެންޑްކުރިއިރު ސްޕޯޓްސް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. ވަކި މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑްކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުންނެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ އަހުލާގީ ބައެއް މައްސަލަތަކާ ގުޅިގެންނެވެ. އިންޑިއާ ސަރުކާރަށް ފާޑުކީ މައްސަލައެއްގައި މިިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އަދިވެސް ތިބީ ސަސްޕެންޝަންގައެވެ. މީގެ އިތުރުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކުން ބޭފުޅުން ވަކިކުރެއްވުމާއި އިސްތިއުފާ ދެއްވުމުގެ ކަންތައްތަކެއްވެސް ދާދި ކުއްލި ގޮތަކަށް ވަނީ ހިނގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ