މާލެ: 31°C
މުދަލުޒަކާތުގެ ނިޞާބު އިތުރުކޮށްފި

މުދަލުޒަކާތުގެ ނިޞާބު އިތުރުކޮށްފި

May 22, 2024
3 ފަހަރު ބަލާފައި
މުދަލުޒަކާތުގެ ނިޞާބު އިތުރުކޮށްފި
ކުރިއަށްއޮތް ތަނުގައި މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިޞާބު އިތުރުކޮށް ދައްކަންޖެހޭ އަދަދު ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި އެންމެފަހުން މިއަހަރުގެ ޖެނުއަރީމަހު ކަނޑައަޅާފައިވަނީ 7،140 ރުފިޔާއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފައިވަނީ، މުދަލުޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުންގެންދާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލުޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 9،353.40 ރުފިޔާ ކަމަށެވެ. Image މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވީހިނދު މިލްކީއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެފައިސާ ހުންނަތާ ހިޖުރީގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާއެއްގޮތަށް އޭގެ 40 ބައިކުޅަ އެއްބައި، ނުވަތަ 2.5 އިންސައްތަ ނެރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ނަސޭހަތްތެރިވެފައެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެ އަގު ކަނޑައެޅުމުގައި ޒަކާތު ހައުސްއިން ބަލަނީ މަރުކަޒީ ބޭންކުގެ ރައުޔުއަށެވެ  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ