
އިރާންގެ ރައީސް، ރައީސީގެ ޖަނާޒާ ބާއްވައިފި
އިރާންގެ ރައީސް، ރައީސީގެ ޖަނާޒާ ބާއްވައިފި
ލިޔުން:
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އަވަހާރަވި އިރާންގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާ މިއަދު ބާއްވައިފިއެވެ.
ރައީސީ އަވަހާރަވީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ.
އިރާންގެ ރައީސް، ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅުންނާއި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި ކްރޫން ވެސް މި ހާދިސާގައި އަވަހާރަވިއެވެ.
ރައީސީގެ ޖަނާޒާގައި ބައިވެރިވުމަށް އިރާންގެ ތެހެރާނުގެ ސިޓީ ސެންޓަރަށް ގިނަ ބަޔަކު ޖަމާވިއިރު، އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާ ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އިރާންގެ މީޑިއާތަކުން ބުނި ގޮތުގައި ރައީސީ ފަސްތާނުލުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.
https://twitter.com/khamenei_ir/status/1793167249504612574?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1793167249504612574%7Ctwgr%5Ed39d1e4eadcd7759752cc42b8afc3fe1c0cdd117%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F358151
އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ހެލިކޮޕްޓަރު ދަތުރު ކުރީ ވަރަށް ބޮޑަށް މޫސުން ގޯސް، ބޯ ދުންފުނީގެ އަސަރު ވެސް ކުރަމުން ދިޔަ ފަރުބަދަތަކެއްގެ ކައިރިންނެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން 15 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ.
ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމު ހަރަކާތްތެރިވެފައިވާއިރު، ރެސްކިއު ޓީމުތަކުން ވަނީ ކުއްތާ އާއި ޑްރޯންގެ އެހީ ވެސް ހޯދާފައެވެ. އެގޮތުން، ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދުނީ ތުރުކީގެ ޑްރޯނެއްގެ އެހީތެރިކަމާއެކު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ހޯދުނުއިރު ހެލިކޮޕްޓަރުގެ ބޮޑު ބައި ވަނީ އަނދައި އަޅިއަށް ވެފައެވެ.
އިރާނުގެ އެންމެ ބާރުގަދަ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައިސީގެ ސިޔާސީ ހަޔާތް ފެއްޓެވީ 1979 ވަނަ އަހަރު އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަށްފަހުއެވެ. އޭނާ ރައީސް ކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުއެވެ.
ރައީސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ނައިބު ރައީސް މުހައްމަދު މޮހްބެރް ވަނީ ހަވާލުވެވަޑައިގެންފައެވެ. ނަމަވެސް، އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
