މާލެ: 31°C
ފަޅު ރަށްރަށާއި ފިނޮޅުތަަކަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފި

ފަޅު ރަށްރަށާއި ފިނޮޅުތަަކަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފި

May 22, 2024
2 ފަހަރު ބަލާފައި
ފަޅު ރަށްރަށާއި ފިނޮޅުތަަކަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފި
މި ދުވަސްވަރަކީ ވިއްސާރަކުރާ ދުވަސްވަރަކަށްވުމުން ފަޅު ރަށްރަށާއި ފިނޮޅުތަކަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. "އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެއެވެ. މީގެ ކުރިން ފުލުހުން ވަނީ ވައިގަދަކަމުން ސައިކަލު ދުއްވާއިރު ކުޑަ ހިފައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން ވަނީ މާލޭ ސަރަހައްދަށް މިއަދު އޮރެންޖް އެލާޓް ނެރެފައެވެ. އެ އެލާޓްގައި ވަނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ