މާލެ: 31°C
މޫސުން ގޯސްވެ، މެދުރާއްޖެ ތެރެއަށް އޮރެންޖެ އެލާޓް ނެރެފި

މޫސުން ގޯސްވެ، މެދުރާއްޖެ ތެރެއަށް އޮރެންޖެ އެލާޓް ނެރެފި

May 22, 2024
2 ފަހަރު ބަލާފައި
މޫސުން ގޯސްވެ، މެދުރާއްޖެ ތެރެއަށް އޮރެންޖެ އެލާޓް ނެރެފި
މޫސުން ގޯސްވެ މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފޒިހުން ) އޮރެންޖް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ޅ. އަތޮޅުން ވ. އަތޮޅާއި ހަމައަށް ދެވަނަ ފަހަރަށް މިއަދު ހެނދުނު ނެރުނުއިރު، އޮރެންޖް އެލާޓް ތިން ވަަނަ ފަހަރަށް ނެރުނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ. މިހާރު އެ އެލާޓް ހަވީރު 4:00 އާ ހަމައަށް ވަނީ ދަންމާލާފައެވެ. އެގޮތުން އެވަގުތުތަކުގައި  ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. https://twitter.com/MetMaldives/status/1793174128918442143 މެޓް އޮފީހުން ކުރިން ބުނި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއެކު، މި ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ. ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ