
ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ: މެޓް އޮފީސް
ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ: މެޓް އޮފީސް
ލިޔުން:
ކުރިއަށްއޮތް ދެތިން ގަޑިއިރަށް މޫސުން ވަރަށް ގޯސްވާނޭކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް އޮރެންޖު އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ އޮރެންޖު އެލާޓްގައި ބުނެފައިވަނީ، މިއަދުގެ 17:30 ހުން ފެށިގެން މިރޭގެ 20:30 ހާ ހަމަޔަށް ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ވަރަށް ގޯސްވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
އޮރެންޖު އެލާޓް ނެރެފައިވާ ގަޑިތަކުގައި ވައިގެ ބާރުމިން ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ކަނޑުތައް ވަރަށް ގަދަވާނޭކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ހުަނގު މޫސުމުގެ އެންމެ ގަދަ ދުވަސްކޮޅަށް އަޅާފައިވާއިރު، ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ކަމަށްވާ "ރޯނު" ނަކަތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
