މާލެ: 31°C
277 ކެންޑިޑޭޓަކު އަދިވެސް މާލީ ބަޔާން ހުށަނާޅާ!

277 ކެންޑިޑޭޓަކު އަދިވެސް މާލީ ބަޔާން ހުށަނާޅާ!

May 21, 2024
3 ފަހަރު ބަލާފައި
277 ކެންޑިޑޭޓަކު އަދިވެސް މާލީ ބަޔާން ހުށަނާޅާ!
މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި 368 ކެނޑިޑޭޓުންގެ ތެރެއިން 277 ކެނޑިޑޭޓުން އަދިވެސް މާލީ ބަޔާން ހުށަނާޅާކަމަށް އިލެކްޝަންސް ކޮމިޝަން، އީސީން ބުނެފި އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެނޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ މާދަމާ އެވެ. އީސީން ބުނީ އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅީ 91 ކެނޑިޑޭޓުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕާޓީތަކުން ވާދަކުރެއްވި 56 ކެނޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި 35 ކެނޑިޑޭޓުންނެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެނޑިޑޭޓުން ހޮވިވަޑައިނުގެންނެވި ނަމަވެސް މާލީ ބަޔާން ހުށަހަޅަންޖެހޭނެ އެވެ. އީސީން ދީފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 72،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ. މާލީ ބަޔާނުގައި ދޮގު މައުލޫމާތު ދީފިކަން ފަޅާއަރައިފިނަމަވެސް މި އަދަބު ލިބޭނެ އެވެ. މާލީ ބަޔާނާއިއެކު ކެނޑިޑޭޓުން ހުށަހަޅަން ޖެހެނީ އެކައުންޓު މެދުވެރިކޮށް ކޮށްފައިވާ ހުރިހާ ފައިސާގެ މުއާމަލާތްތަކާއި އޭގެ ބިލުތަކެވެ. ކޮންމެ މުއާމަލާތެއްވެސް ކުރަންވާނީ އެކައުންޓެއް މެދުވެރިކޮށެވެ. އަދި އެމުއާމަލާތުގެ ތަފްސީލު އެނގޭނެހެން ބިލެއް އޮންނަންވާނެ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ