
ނަތަންޔާހޫ ހައްޔަރުކުރަން އެދުމުން ރައީސް ޑރ.މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެ
ނަތަންޔާހޫ ހައްޔަރުކުރަން އެދުމުން ރައީސް ޑރ.މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެ
ލިޔުން:
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުން، އިޒްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޏާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
އިޒްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހުގީގުކުރުމަށްޓަކައި އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޏާހޫ ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަޤްވާމީ ޖީނާއީ ކޯޓުގެ ޕްރޮސެކިއުޓަރުން އެދި ހުށަހަޅާފައިވާއިރު، ނަތަންޏާހޫގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވީ، މިކަން ވެގެންދާނީ ފަލަސްތީނުގެ ރައްޔިތުންނަށް އަދުލު އިންސާފު ޤާއިމްކުރުމަށް އެޅީގެންދާ މުހިއްމު ފިޔަވަޅަކަށް ކަމަށެވެ. މި ޕޯސްތޤޣާޢީ ރައީސް ވިދާޅުވެފައިވަނީ އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އަދި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބަލަންޖެހޭނޭކަމަށް ވިދާޅުވެފައެވެ.
މިގޮތުން ފަލަސްތީނު މައްސަލާގައި ރާއްޖޭން އަބަދުވެސް އެޤައުމާއެކުގައި އޮންނާނޭ ކަމަށާއި ފަލަސްތީނުގެ ދިފާއުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
https://x.com/MMuizzu/status/1792553702513152487
އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޏާހޫ ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަޤްވާމީ ޖީނާއީ ކޯޓުގެ ޕްރޮސެކިއުޓަރުން އެދި ހުށަހެޅި ނަމަވެސް މިކަމުގައި ގޮތެއް ނިންމުމުގެބާރު އޮތީ، އެ ކޯޓުގެ ފަނޑިޔާރުންގެ އަތްމަތީގައެވެ.
އިޒްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ ޤައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލިނަމަވެސް، އިޒްރާއީލުން ދަނީ ގޮތްދޫނުކޮށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާންތައް ވަރުގަދަކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
