
އަނެއްކާވެސް މާލޭގެ، ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އަނެއްކާވެސް މާލޭގެ، ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ލިޔުން:
މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މީގެ ކުޑައިރުކޮޅެއްކުރިން ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މ.ރަބީޢުވިލާ ގްރައުންޑް ފްލޯގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެކެވެ.
އޭނާ މަރުވެފައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 14:20 އެހާކަން ހާއިރެވެ. ފުލުހުންނަށް ރިޕޯޓް ލިބުމާއެކު ސީނަށް ގޮސްފައިވާއިރު، ފުލުހުން މިހާރު ދަނީ ކާކުކަން ދެނެގަތުމަށް ތަހުލީލުތައް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީހަކު މަރުވެފައި އޮއްވައި މިއަދު ފެނުނު ގެއަކީ މިދިޔަ އޭޕްރިލްމަހު އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައިވާ ގެއެކެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރުވެސް އެގެއަކީ މީހުން ދިރިއުޅެމުންދާ ގެއެއް ނޫނެވެ. ނަމަވެސް މަގުމަތިވެފައިވާ ބައެއް މީހުން އެ ގޭގައި އުޅެމުންދާކަމަށް މައުލޫމާތު ލިބެއެވެ.
މަރުވެފައިވާ އިތުރު މީހަކު މިއަދު ފެނިފައިވާއިރު، މިމަހގެ 13 ވަނަ ދުވަހު ބަނޑޭރިކޮށިންވެސް ވަނީ މީހަކު މަރުވެފައި އޮއްވައި ފެނިފައެވެ. އެ ތަނަކީވެސް މީހުން ދިރިއުޅެމުންދާ ތަނެއް ނޫނެވެ. ފުލުހުން ވަނީ އެމީހާގެ ޕޯސްޓްމޮޓަމް ހެދުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
