
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އައްޑޫސިޓީއަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އައްޑޫސިޓީއަށް ބޮޑެތި ގެއްލުންތަކެއް
ލިޔުން:
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އައްޑީސިޓީގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑިއެފުން ބުނީ، މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީ މަރަދޫގެ ބައެއް ގޭގެ ފުރާޅު ގަދަވަޔާ އެއްލާލުމުގެ އިތުރުން ހިތަދޫ ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް އަރިއަޅާލައި އެނޫންވެސް ގެއްލުންތައް ލިބިފައިވާކަމަށެވެ. މިގޮތުން ލިބުނު ގެއްލުންތަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސފައިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމްއެންޑިއެފުން ބުނެއެވެ.
ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލި ދެ ގޭގެ ފުރާޅު މިހާރު ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސިފައިންގެ އެހީތެރިކަމާއެކު ހައްލުކޮށްދީފައެވެ. އަދި ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް އަރިއަޅާލުމާ ގުޅިގެން ލައިޓް ޕޯސްޓް އެތަނުން ނެގުމަށްފަހު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. ފުރާޅު އެއްލާލުމުގެ މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް އެމްއެންޑިއެފުން ބުނެއެވެ.
މީގެ އިތުރުން އައްޑޫސިޓީ ކައުންސިލުން ވަނީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން ވަރަށްގިނަ ގަސްތައް ވެއްޓިފައިވާކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ހިތަދޫ ފުއްޓަރުފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ހިސާބުގައި ހުރި ތިން ގެއެއްގެ އިންފާރު ވެއްޓި އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށްވެސް ހިތަދޫ ކައުންސިލުން ވަނީ ބުނެފައެވެ.
ސަރުކާރުން މިހާރު ވަނީ އައްޑޫސިޓީގެ ރަށްތަކުގެ ތެރެއިން ގިރާ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ހިތަދޫ، ހިމެނެއެވެ.
ރާއްޖޭގެ މޫސުމް މިހާރު ހުރިގޮތަށް ބަލާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ށ އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ޔެލޯ އެލާޓް ނެރެފައެވެ. މިގޮތުން މިރޭ 21:00 އާ ހަމަޔަށް 50 މޭލު ބާރުމިނުގައި ވައިޖެހޭނޭކަމަށް ލަފާކޮށްފައިވާއިރު، މި ސަރަހައްދުގެ ކަނޑުތައްވެސް ވަރަށް ގަދަވާނޭކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
