މާލެ: 31°C
މ.މެދުފުށި އައިލެންޑަށް ދިއުމަށް ފުރި ދޯނީގެ ހަބަރެއް އަދިވެސް ނުވޭ

މ.މެދުފުށި އައިލެންޑަށް ދިއުމަށް ފުރި ދޯނީގެ ހަބަރެއް އަދިވެސް ނުވޭ

May 18, 2024
3 ފަހަރު ބަލާފައި
މ.މެދުފުށި އައިލެންޑަށް ދިއުމަށް ފުރި ދޯނީގެ ހަބަރެއް އަދިވެސް ނުވޭ
ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދަން ފަށައިފިއެވެ.
އެމްއެންޑިއެފުން ބުނީ ތިން މީހުންނާއެކު، މެއި 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރެވެ. އަދި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން އެދެއެވެ.
މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ މޫސުން އެންމެ ގޯސް ދުވަސްވަރުކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށްފަހު ދަތުރު ފެށުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ