
އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ނަމަ އޮތީ ނާމާންކަމާއި ބިރުވެރިކަން: ހުތުބާ
އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ނަމަ އޮތީ ނާމާންކަމާއި ބިރުވެރިކަން: ހުތުބާ
ލިޔުން:
ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޯކޫށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "މުދަލު ޒަކާތް" މި މައުޟޫގެ މައްޗަށެވެ.
ހުތުބާގައި ބުނީ މުދާވެރިކަމާއި ތަނަވަސް ކަމަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ނިއުމަތްތަކުގެ ތެރެއިން މަތިވެރި ނިއުމަތަކަށްވީ ނަމަވެސް މުދަލުގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތްﷲ ކަމަށެވެ. އެހެންކަމުން، އެކަލޭނގެ އަންގަވާފައިވާ ގޮތުގެ މަތިން، އެމުދަލުން ފަގީތުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، ﷲގެ މަގުގައި ހޭދަކުރަން ޖެހެއެވެ.
"މުދަލު ޒަކާތަށް ޒަކާތުގެ ނަމުން ނަންދެވުނީ ޒަކާތް ދިނުމުގެ ސަބަބުން ޒަކާތްދޭ މިޙާ ހަރާމް ކަންކަމުން ތާހިރު ކޮށްދޭތީއެވެ. އަދި އެމުދާ އިތުރުވެ އެއަށް ބަރަކާތް ލެއްވި ގިނަ މަންފާތަކެއް ލުބުމުގެ ސަބަބެއް ކަމުގައި ވާތީއެވެ. އަދި ﷲ އަށް ކިޔަމަން ތެރިކަން އަދާކުރުމުގައި އެމުދާ ބޭނުން ކުރުމުގެ ތައުފީގު ލިބޭތީއެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިތުރު ޒަކާތް ކަމަށާއި ގިނަ މީހުން މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން، ކީރިތި ގުރުއާނުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީ މުދަލު ޒަކާތް ކަމަށާއި އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅޫއްވާފައިވާ ޒަކާތަކީ ވެސް މުދަލު ޒަކާތް ކަން ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
"އެހެންކަމުން ޒަކާތުގެ ނިސާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެއެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބަޔެވެ."
ހުތުބާގައި ބުނެފައިވަނީ މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވާ ކޮންމެ މީހަކު، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، މުދަލު ޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
