
ފުލުހުންނަށް ނޭނގޭނެ ކަމަށް، ހެލްމެޓް ނާޅައި ބްރިޖްގައި ސައިކަލް ދުއްވުމުން ބޮޑު ޖޫރިމަނާއެއް
ފުލުހުންނަށް ނޭނގޭނެ ކަމަށް، ހެލްމެޓް ނާޅައި ބްރިޖްގައި ސައިކަލް ދުއްވުމުން ބޮޑު ޖޫރިމަނާއެއް
ލިޔުން:
ހެލްމެޓް ނާޅާ ސިނަމާލެ ބްރިޖްގައި ދަތުރުކުރި މީހުންނާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާފައިވާނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ހެލްމެޓް ނާލައި މާލެއިން ހުޅުމާލެއަށް ސައިކަލެއްގައި ދެ މީހަކު ދުއްވާފައިދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، މި ވީޑިއޯއާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެފައިވަނީ، ހެލްމެޓް ނާޅައި ސައިކަލް ދުއްވި މީހުން ޖޫރިމަނާކޮށްފައިވާކަމަށެވެ.
ޝިފާން ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ޚިދުމަތަކަށްވާނޭ ކަމަށެވެ.
https://x.com/Shifan4040/status/1791325472095445327
ހެލްމެޓް ނާޅައި ސައިކަލް ދުއްވުމުގެ ސަބަބުން ދެ މީހަކު ޖޫރިމަނާކޮށްފައިވާއިރު، ފުލުހުން އަންނަނީ ބްރިޖާއި އަދި ބްރިޖް ގުޅޭ ހައިވޭގެ ޓްރެފިކް ކަންކަން 24 ގަޑިއިރު ބަލަހައްޓަމުންނެވެ.
ބްރިޖް އަދި ހައިވޭގައި ފުލުހުން ނެތްނަމަވެސް، ކެމެރާތަކުގެ އެހީގައި އެ ސަރަހައްދުގެ ވެށީގައި ހިނގަމުންދާ ކަންކަން ފުލުހުން ޤަވާއިދުން މޮނީޓަރކުރަމުންދެއެވެ. މިގޮތުން ބާރަށް ދުއްވާނަމަ، ސައިކަލްގެ ވެރިފަރާތަށް މެސެޖުވެސް ފޮނުވަމުން އަންނަކަން ފާހަގަކޮށްލެވެެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
