މާލެ: 31°C
ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފި

ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފި

May 17, 2024
2 ފަހަރު ބަލާފައި
ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފި
ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާ ބެހޭ ގައުމީ ޢިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ރީނދޫ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހެނދުނު 10:00 އިން މެންދުރު 14:30 އަށެވެ. އެ އެލާޓްގައިވާ ގޮތުން އެވަގުތުތަކުގައި 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދެވެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. https://twitter.com/MetMaldives/status/1791329928702812287 އޭގެ އިތުރުން، މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް މިއަދު ހެނދުނު 08:30 އިން ފެށިގެން މެންދުރު ފަހު 14:30 އާއި ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. އެ އެލާޓްގައި ބުނެފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ލަފާކުރާގޮތުގައި، ދިޔަވަރުބޮޑުވާ ވަގުތު އުދައެރުންވެސް އެކަށީގެންވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާ 8 ފޫޓާ ދެމެދުގައެވެ. އެހެންކަމުން މިކަމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މިއަދުން ފެށިގެން 5 ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލާފާކޮށް މެޓް އޮފީހުންވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރު ކުރާ އުޅަނދުތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ