މާލެ: 31°C
އީދަށް ބަންދުވިނަމަވެސް، ޖޫން 18 ވަނަ ދުވަހު ބޭންކުތަކުން ހިދުމަތްދޭނެ: މަރުކަޒީ ބޭންކު

އީދަށް ބަންދުވިނަމަވެސް، ޖޫން 18 ވަނަ ދުވަހު ބޭންކުތަކުން ހިދުމަތްދޭނެ: މަރުކަޒީ ބޭންކު

May 16, 2024
3 ފަހަރު ބަލާފައި
އީދަށް ބަންދުވިނަމަވެސް، ޖޫން 18 ވަނަ ދުވަހު ބޭންކުތަކުން ހިދުމަތްދޭނެ: މަރުކަޒީ ބޭންކު
ކުރިއަށް އޮތް ބޮޑު ޢީދަށް ޖޫންމަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރި ނަމަވެސް، ޖޫންމަހުގެ 18 ވަނަ ދުވަހު، ކޮމާޝަލް ބޭންކުތަކާއި، މަރުކަޒީ ބޭންކުން ހިދުމަތްދޭނޭކަމަށް އެ ބޭންކުން ބުނެފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މިއަދު ބުނީ، ބޮޑުއީދަށް ސަރުކާރު އޮފީސްތައް ބަންދުކުރިނަމަވެސް ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި އޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނޭކަމަށެވެ. މިގޮތުން އެދުވަހު އެމްއެމްއޭއިން ބޭންކިންގ ޚިދުމަތުގެ ތެރެއިން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކަމަށް އެ ބޭންކުން ބުނެއެވެ. އެ ގަޑީގައި ސިޓީ އާ އެނޫންވެސް ތަކެތި ބަލައި ގަންނާނޭކަމަށް އެމްއެމްއޭއިން ބުނެއެވެ. ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޮޑު އީދު ބަންދުގައި ބޭންކު ހުޅުވާނޭ ތާރީހެއް އިއުލާނުކުރިނަމަވެސް، ކޮމާޝަލް ބޭންކުތަކުން އަދި މިހާތަނަށް ބޭންކުތަކުން ހިދުމަތްދޭނޭ ގަޑިތަކެއް އިއުލާނުކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ