މާލެ: 31°C
ބަނޑޭރި ކޮށިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވަނީ

ބަނޑޭރި ކޮށިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވަނީ

May 16, 2024
2 ފަހަރު ބަލާފައި
ބަނޑޭރި ކޮށިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވަނީ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދަން ތައްޔާރުވެއްޖެއެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކަށް ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު މަރުވެފައި އޮތް މީހަކު ފެނިފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާގެ އޮޓޯޕްސީ ހަދަން ނިންމިއިރު, ފުލުހުން މިއަދު ބުނީ އެކަމަށް ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އޮޓޯޕްސީ ހަދަން ފޮނުވަނީ އިންޑިއާއަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. އާންމު ގޮތެއްގައި މިފަދަ މަރުތަކުގައި އޮޓޮޕްސީ ހަދަނީ ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ