އަލަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، 6 ޝީޓަށްވުރެ ދަށް އުޅަނދުތަކުން މާލެ ސަރަހައްދުތަކަށް ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ކުރީގައިވެސް ދަތުރުކުރަމުން އަންނަ އަގުތަކަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީތަކުން އަގުތައް ނަގަމުންދާގޮތް އެ މިނިސްޓްރީން ބަލަމުންދާނޭ ކަމަށާއި، ޤަވައިދާ ހިލާފްވާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނޭ ކަމަށެވެ.
ދާގީނާގެ އަދަދު އިތުރުވާ ނިސްބަތުން އިތުރަށް ފައިސާ ނެގޭގޮތަށް ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައިފި
ދާގީނާގެ އަދަދު އިތުރުވާ ނިސްބަތުން އިތުރަށް ފައިސާ ނެގޭގޮތަށް ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައިފި
ލިޔުން:
މާލެ ސަރަހައްދުގައި ޓެކްސީކުރުމުގެ ހިދުމަތް ދެމުން އަންނަ ހަތަރު ފުރޮޅުލީ އުޅަނދުތަކުން ނަގާ އަގުތައް މުރާޖައާކޮށް ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އާއްމު އިއުލާނެއްގައި ވާގޮތުން، ޓެކްސީގެ އަގުތައް އަލުން ކަނޑައެޅިއިރު، އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ، ކާރަށް އަރުވާދާގީނާގެ އަދަދު ތިނަކަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ދާގީނާއަކަށް ޗާޖްކުރެވޭ ގޮތަށް އޮތުމެވެ. މިގޮތުން ކާރަށް އަރުވާ ދާގީނާގެ އަދަދު ތިނަކަށް ވުރެ އިތުރުވާނަމަ، އަރުވާ ކޮންމެ ދާގީނާއަކަށް 5 ރުފިޔާ ނެގުމުގެ ބާރު ޓެކްސީ ޑްރައިވަރަށް ލިބިގެން ވެއެވެ.
މީގެ އިތުރުން އަގުތަކަށް އަލަށް ގެނައި ބަދަލުގައި މިހާރު ވާގޮތުން، އެއާޕޯޓަށް ކުރާ ދަތުރުގައި ޑޮމަސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކަށް އިތުރަށް ފައިސާ ނެގެއެވެ. މިގޮތުން 6 ޝީޓަށްވުރެ ދަށް އުޅަނދުތަކަށް 10 ރުފިޔާ އަދި 6 ޝީޓަށް ވުރެ އިތުރަށް ޝީޓް ހުންނަ އުޅަނދުތަކަށް 15 ރުފިޔާ ނެގެއެވެ.
މިފަހަރު ދަތުރުގެ އާއްމު އަގުތައް ކަނޑައަޅާފައިވަނީ މައިގަނޑު ގޮތެއްގައި 7-10 ޝީޓުގެ އުޅަނދުތަކަށެވެ.
އަލަށް ކަނޑައެޅި އަގުތައް: (7-10 ޝީޓުތައް ހުންނަ އުޅަނދުތައް)
އަލަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، 6 ޝީޓަށްވުރެ ދަށް އުޅަނދުތަކުން މާލެ ސަރަހައްދުތަކަށް ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ކުރީގައިވެސް ދަތުރުކުރަމުން އަންނަ އަގުތަކަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީތަކުން އަގުތައް ނަގަމުންދާގޮތް އެ މިނިސްޓްރީން ބަލަމުންދާނޭ ކަމަށާއި، ޤަވައިދާ ހިލާފްވާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނޭ ކަމަށެވެ.
އަލަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، 6 ޝީޓަށްވުރެ ދަށް އުޅަނދުތަކުން މާލެ ސަރަހައްދުތަކަށް ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ކުރީގައިވެސް ދަތުރުކުރަމުން އަންނަ އަގުތަކަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީތަކުން އަގުތައް ނަގަމުންދާގޮތް އެ މިނިސްޓްރީން ބަލަމުންދާނޭ ކަމަށާއި، ޤަވައިދާ ހިލާފްވާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނޭ ކަމަށެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
