މާލެ: 31°C
އޯލެވެލް އިމްތިހާނު ފަށައިފި

އޯލެވެލް އިމްތިހާނު ފަށައިފި

April 25, 2024
2 ފަހަރު ބަލާފައި
އޯލެވެލް އިމްތިހާނު ފަށައިފި
މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ. މި އިމްތިހާނުގައި ރާއްޖޭގެ އެކި ސެންޓަރުތަކުން 7500އަށްވުރެ ގިނަ ބައިވެރިވެއެވެ. އޯލެވެލް އިމްތިހާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އިމްތިހާނު ފަށާފައިވަނީ އައި.ޖީ.ސީ.އެސް.އީ އިމްތިހާން އަދި އެސް.އެސް.ސީ އިމްތިހާނު ހިމެނޭހެން ޖުމްލަ 7501 ދަރިވަރުންނާއެކުއެވެ. މިއީ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރުވަރުންނަށްވުރެ 803 ދަރިވަރުންގެ އިތުރުވުމެކެވެ. މީގެތެރެއިން އެސް.ސީ.ސީ އިމްތިހާނު ހަދަނީ 7133 ދަރިވަރުންނެވެ. ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ އެސްސީސީގައި ހިމެނޭ ދިވެހި، އިސްލާމް އަދި ޢަރަބި މާއްދާތަކުގެ އިމްތިހާނެވެ. އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު ފަށާނީ މެއި މަހުގެ 2ވަނަ ދުވަހުއެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭ ތާރީޚަކީ ޖޫން މަހުގެ 13ވަނަ ދުވަހެވެ. އެކި ސްޓްރީމްތަކުގެ މާއްދާތައް ހިމެނޭގޮތަށް ޖުމްލަ 60 އިމްތިހާނު ކަރުދާސް ދަރިވަރުން ހަދާނެއެވެ. މިދިޔަ ޑިސެމްބަރު މަހު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއިއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ