މާލެ: 31°C
ކުޅުދުއްފުށީގައި 600 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ބަހައްޓަނީ

ކުޅުދުއްފުށީގައި 600 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ބަހައްޓަނީ

April 23, 2024
3 ފަހަރު ބަލާފައި
ކުޅުދުއްފުށީގައި 600 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ބަހައްޓަނީ
ކުޅުދުއްފުށީ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ބެހެއްޓުމަށް ފެނަކައިން ތައްޔާރުވެއްޖެއެވެ. އެ ދެ ޖަނަރޭޓަރު މިހާރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. ކުޅުދުއްފުށީގެ އިތުރުންވެސް ރާއްޖޭގައި ކަރަންޓުގެ ޙާލަތު އެންމެ ދަށް 6 ރަށަކަށް ޖަނަރޭޓަރުތައް ފޮނުވައި އިސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މިމަސް ތެރޭގައި ވަނީ ފަށާފައެވެ. އެެއީ، ރ. މީދޫ، ރ. އަލިފުށި. ރ. މާކުރަތު، ބ. ކިހާދޫ، ބ މާޅޮސް، ތ. ބުރުނި އެވެ. އަދި މ. ދިއްގަރު ލ. ހިތަދޫ، ބ. ކަމަދޫ، ރ.ހުޅުދުއްފާރު، ފ. ބިލެއްދޫއަށް ޖެނެރޭޓަރު ފޮނުވުމަށް ވެސް ފެނަކައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި ވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސް ވެގެން ކަމަށް ފެނަކައިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ