މާލެ: 31°C
ރައީސް ގުޅީފަޅު މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވައިފި

ރައީސް ގުޅީފަޅު މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވައިފި

April 20, 2024
3 ފަހަރު ބަލާފައި
ރައީސް ގުޅީފަޅު މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގުޅީފަޅުގެ މަޝްރޫއު ކުރިއަަށްދާގޮތް ބައްލަވާލައްވައިފިއެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ރައީސް މުއިއްޒު ގުޅީފަޅު ބައްލަވާލަން މިއަދު ވަޑައިގެންނެވި ކަމަށާއި އެ މިނިސްޓްރީގެ ފަރާތުން ގުޅީފަޅު މަޝްރޫއުގެ އަދާހަމަ ރައީސް މުއިއްޒުއަށް އެރުވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠައާމް ކަމަށެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެންވާރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ. https://twitter.com/MoCImv/status/1781614727451558296 ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުއެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ