މާލެ: 31°C
ރިޝްވަތު ދިންކަން ޔޫސުފް ނަޢީމުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލުން ބަލަން އެންގުމަށް ހައިކޯޓުން ނިންމައިފި

ރިޝްވަތު ދިންކަން ޔޫސުފް ނަޢީމުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލުން ބަލަން އެންގުމަށް ހައިކޯޓުން ނިންމައިފި

April 18, 2024
3 ފަހަރު ބަލާފައި
ރިޝްވަތު ދިންކަން ޔޫސުފް ނަޢީމުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލުން ބަލަން އެންގުމަށް ހައިކޯޓުން ނިންމައިފި
ޔޫސުފް ނައީމުގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށް ހައިކޯޓުން ނިންމައިފިއެވެ. ޔޫސުފް ނައީމުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމަށް ރިޝްވަތު ދީގެން ރިސޯޓް ތަރައްގީކުރުމަށް ރަށެއް ހޯދި ކަމަށް ބުނެއެވެ. މިހާރު ހައިކޯޓުގައި ކުރިއަށްދާ އިސްތިޢުފާ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެފައި ވަނީ ޔޫސުފް ނަޢީމުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތެއް ކުރުމުގެ އުސޫލާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން ސާފުވެ އެނގެން އޮންނަ ކަމަށެވެ. އާރަށުގެ މައްސަލައިގައި ޔޫސުފް ނައީމް ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ކްރިމިނަލް ކޯޓުން ވަނީ ޔޫސުފް ނައީމުގެ މައްޗަށް  3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ކުށް ސާބިތުވި ކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ރިޔާއަތް ކުރި ބައެއް ކަންކަން: 
  • އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެ ރަށް ދޭން އުޅުނު ކަން އެނގެން އޮތުމުން
  • ރިޝްވަތުގެ ފައިސާ ހޯދުމަށް ޔާމީން އެކި ފަހަރު މަސައްކަތް ކޮށްފައިވާ ކަމާއި، އެދިވަޑައިގަތް އަދަދަށް އެމަނިކުފާނުގެ އެކައުނޓަށް ފައިސާ ޖަމާވިކަން ހެކިތަކުން ސާބިތުވުމުން
  • މަނީ ލޯންޑްރިންގެ ދައުވާގެ ދެ ރުކުން ކަމުގައިވާ ކުށް ކޮށްގެން ހޯދައިގެންވާ ފައިސާއެއް ކަމާއި، ކުށްކޮށްގެން ހޯދި ފައިސާއެއް ކަން އެނގިހުރެ ބޭނުން ކުރި ކަން ދައުލަތަށް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ވުމުން.
ޔޫސުފް ނައީމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އަލުން ބެލުމަށް ހައިކޯޓުން ނިންމާފައި މިވަނީ މި މައްސަލަ ކޯޓުގައި ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްފަހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ