
އަލްމަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ހުށައަޅައިފި
އަލްމަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ހުށައަޅައިފި
ލިޔުން:
ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ނަގަންޖެހޭ ހުއްދަ ނެތި އަދި ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށް އަލްމަޝްއަރު ޓުއާރސްއިން ޢަމަލުކޮށްފައިވާތީ އެ މައްސަލަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުލުހުންނަށް ހުށައަޅައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމަށް އެވުޒާރާއިން ދޫކުރާ ހުއްދަ ނެތި "އަލްމަޝްއަރު ޓުއާރސް" ކިޔާ ކުންފުންނަކުން، ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، ޢުމްރާއަށް މީހުން ގެންދިޔަކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ޢުމްރާއަށް މީހުން ގެންދިއުމަށް ނަގަންޖެހޭ ހުއްދަ ނެގުމަށް ހުށައަޅާފައިވާކަމަށް އެކުންފުނިން ދައްކައިގެން، އޮޅުވާލައިގެން ޢާންމު ރައްޔިތުންގެ އަތުން ފައިސާ ނަގަމުންދާކަަށާއި، މިއަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިޔަ ފަރާތްތަކަށްވެސް ރާއްޖެ ނާދެވި ތިބިކަމުގެ ޝަކުވާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިކަމާއި ގުޅިގެން އެ މައްސަލަ ތަޙްޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ފޮނުވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއިބެހޭ ގަވާއިދުގެ ދަށުން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި މީހުން ގެންދިއުމާއި އެކަމަށް ފައިސާ ނެގުމަކީ މަނާކަމެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އުސޫލާއި ޚިލާފަށް އުމްރާއަށް މީހުންގެންދާ "އަލްމަޝްއަރު ޓުއާރސް"ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ފާރިޝްއަކީ އެ ވުޒާރާއިން ހުއްދަ ބާތިލްކޮށްފައިވާ "އަލްމަޝްއަރު ހައްޖު އެންޑް އުމްރާ" ކުންފުނީގެވެސް މެނޭޖިންގ ޑިރެކްޓަރުކަމަށެވެ. އެހެންކަމުން އެކުންފުންޏަށާއި އޭނާއަށް އުމްރާއަށް ދިއުމަށް ފައިސާ ނުދެއްކުމަށާއި އުމްރާއާއި ގުޅޭ މުއާމަލާތުތައް ނުކުރުމަށް އެ ވުޒާރާއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.
އެ ވުޒާރައިން ވަނީ ރާއްޖޭއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަނެތި ވިޔަފާރި އުސޫލުން ޢުމްރާއަށް މީހުން ނުގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ޢުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ޚިލާފުކަމެއްކަން ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާއުފުލަންޖެހޭނީ އެފަރާތަކުންކަމަށްވެސް އެ ވުޒާރާއިން ވަނީ ހަނދާންކޮށްދެއްވާފައެވެ.
ޢުމްރާގެ ޚިދުމަތް ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށާއި، އެހެންކަމުން އެކަމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
