މާލެ: 31°C
ލޯކަލް ޓޫރިޒަމަށް މަޝްހޫރު މާފުށީގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް

ލޯކަލް ޓޫރިޒަމަށް މަޝްހޫރު މާފުށީގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް

April 18, 2024
3 ފަހަރު ބަލާފައި
ލޯކަލް ޓޫރިޒަމަށް މަޝްހޫރު މާފުށީގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް
ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ، ކ. މަފުށީގައި ލޯކަލް އެތޯރިޓީ ކުންފުންޏެއް ހުޅުވައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާފުށީގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހުޅުވާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދީ ދުވެލި ހަލުވިވާނެކަމަށާއި، އަދި ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލްގެ ހިދުމަތްތައް ދިނުން އަވަސް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ކުރެއްވި އެކްސްގައި މިއީ ރާއްޖޭގައި ހުޅުވުނު ހަވަނަ ލޯކަލް އޮތޯރިޓީ ކުންފުނިކަން ފާހަގަކުރެއްވިއެވެ. އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރީ އއ. ތޮއްޑޫ ކައުންސިލުން ޑިސެމްބަރު 19، 2022 ގައިއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ “ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު” އޭޕްރީލް، 2021، ގައި ގެޒެޓުކޮށްފައެވެ. އެ ގަވާއިދާއެކު ކުންފުނި ހަދައިގެން ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިވެގެން ގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ