
ހަންކެޑެ މަޝްރޫއު ވެސް ޗައިނާ ކުންފުންޏަކަށް
ހަންކެޑެ މަޝްރޫއު ވެސް ޗައިނާ ކުންފުންޏަކަށް
ލިޔުން:
މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަން އިން އައްޑޫސިޓީގެ ޓޫރިޒަމް ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ކުރިއަށް ގެންދާ އައްޑޫސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުއަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެން.އީ.އީ.ސީ) އާއި ދެމެދު 23 މާރިޗު 2023 ގައި ވެފައިވާ އިންޖިނިއަރިންގ، ޕްރޮކިއުމަންޓް އަދި ކޮންސްޓަރްކްޝަން (އީ.ޕީ.ސީ) އެއްބަސްވުމުގެ ދަށުން ތަރައްޤީކުރެވިގެންދާ، 142.9 މިލިއަން ޔޫ.އެސް. ޑޮލަރުގެ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މި މަޝްރޫޢު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެއެވެ. މި މަޝްރޫޢުގެ ތެރެއިން ތަޢާރަފް ކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ތަރައްޤީ ކުރެވޭނެއެވެ. އަދި 64 ސަރވިސްޑް އެޕާރޓްމަންޓް ތަކުގެ އިތުރުން، 7 ބީޗް ވިލާވެސް މިމަޝްރޫޢު ތެރޭގައި ހިމެނިގެން ދާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢު ނިމިގެންދާއިރު ނޮލެޖް ސެންޓަރުތަކާއި، މިކްސް ސްޕޯޓް ބިލްޑިންއަކާއި، އައުޓްޑޯރ ބީޗް ސްޕޯރޓްސް އަދި ތިއޭޓަރ ފަދަ ގިނަގުނަ މުނިފޫހިފިލުވުމުގެ ޙިދުމަތް ތަޢާރަފްކުރެވިގެންދާނެއެވެ. އަދި ފުޑް ކޯޓާއި، ރެސްޓޯރެންޓްތައް ފަދަ ކުދި ވިޔަފާރިތަކުގައި އާންމު ފަރުދުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި މި ކަންތައްތަކަށް ޙާއްސަ އިމާރާތްތައް ބިނާކުރެވިގެންދާނެއެވެ. ޒަމާނީ ފެންވަރަށް ކުރިއަށް ގެންދެވޭ މި މަޝްރޫޢު މެދުވެރިކޮށް އައްޑޫސިޓީގެ އެންމެހާ ރައްޔިތުންނަށާއި އަދި ޖުމްލަކޮށް މުޅިރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އިންޤިލާބީ ބަދަލުތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިގަތުމަށް މިރޭ އައްޑޫ ސިޓީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލްފާޟިލް އަލީ އިޙްސާނެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް މިއީ މުހިއްމު މަޝްރޫޢެއް ކަމުގައި ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެއްޓުމުގެ އިތުރުން ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ލޯގޯ އާއި ވެބްސައިޓް ވަނީ އިފްތިތާޙު ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
