
މަޝްއަރު ޓުއާސް"ގެ ހަވާލުގައި ޢުމްރާއަށް ދިޔަ އެންމެން ރާއްޖެ ނާދެވި މައްކާގައި ތާށިވެއްޖެ
މަޝްއަރު ޓުއާސް"ގެ ހަވާލުގައި ޢުމްރާއަށް ދިޔަ އެންމެން ރާއްޖެ ނާދެވި މައްކާގައި ތާށިވެއްޖެ
ލިޔުން:
"މަޝްއަރު ޓުއާސް"ގެ ހަވާލުގައި ޢުމްރާއަށް ދިޔަ މީހުންނަށް ރާއްޖެ ނާދެވި މައްކާގައި ތާށި ވެއްޖެއެވެ.
އެ ގުރޫޕުން ރޯދަ މަހު އުމުރާއަށް ދިޔަ 56 މީހުން މައްކާގައި ތާށިވީ އެ ގްރޫޕުން އެއާލައިންތަކަށް ދައްކަން ޖެހޭ ޓިކެޓް ފައިސާ ދައްކާފައި ނުވާތީ މައްކާއިން ރާއްޖެއަންނަ ސެކްޓާގެ ޓިކެޓްތައް އެއާލައިންތަކުން ކެންސަލު ކުރުމުންނެވެ.
މަޝްއަރު ޓުއާސްގެ ދަށުން މި ރަމަޟާންމަހު ޖުމްލަ 56 މީހުން ޢުމްރާއަށް ދިޔައެވެ. މީގެތެރެއިން މާލެ ނާދެވި މައްކާގައި 48 މީހުންނަށް މަޑުކުރަން ޖެހިފައިވެއެވެ. މަޝްއަރުންވަނީ އެމީހުން އަމިއްލައަށް ޓިކެޓް ނެގުމަށްވެސް އަންގާފައެވެ.
"އަޅުގަނޑުމެން ހުރީ ކޮންފާމް ޓިކެޓް ނަގާފައި. ވިޔަފާރި ދެއްތޯ މިއީ ހަޤީގަތުގައިވެސް. އަޅުގަނޑުމެން ނަގާފައި ހުރި ޓިކެޓްތަކަށް އެއްބައި ފައިސާ ދައްކާފައި ހުންނާނީވެސް. އެބޭފުޅުން އެންމެ ފަހު ވަގުތު މިޑިމާންޑް ކުރަނީ އެއްކޮށް ފައިސާ ނުދައްކަނީސް އަޅުގަނޑުމެންގެ ޓިކެޓްތައް ކެންސަލް ކުރާނެކަމަށް. 9 ލައްކަ ރުފިޔާ ދައްކަން ޑިމާންޑް ކުރީ. 9 ލައްކަ ރުފިޔާ އެއްފަހަރާ ނުދެއްކުނީމަ އެބޭފުޅުން ކެންސަލް ކުރީ އިނގޭތޯ ޓިކެޓްތައް." މަޝްއަރު ޓުއާސްގެ ވެރިޔާ ޕީއެސްއެމް ނިއުސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުންޏެވެ.
އޭނާ ބުނި ގޮތުގައި 30 ދުވަހުގެ ތެރޭގައި ގްރޫޕުގެ ފަރާތުން ފައިސާ ދޭނެ ކަމަށް ބުނުމުން ގިނަ މީހުން އަމިއްލައަށް ޓިކެޓް ނަގައިގެން މިހާރު ރާއްޖެދާން ތައްޔާރުވެއްޖެއެވެ. އެގޮތުން މިހާތަނަށް ޓިކެޓްގެ ކަންކަން ހަމަޖެހިފައިވާ 42 މީހުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރާއްޖެ ދާނެއެވެ.
"ތިރީސް ދުވަހުގެ ތެރޭގައި އެމީހުންނަށް އަނބުރާ ޓިކެޓް ލާރި ދޭނަން،" ގްރޫޕުގެ ވެރިޔާ ވިދާޅުވިއެވެ. "ޢުމްރާވެރިންނަށް މާލެ ނާދެވި ލަސްވީ އެއްފަހަރާ ޓިކެޓް ފައިސާ ދައްކަންޖެހި ނުދެއްކުމުން."
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
